ރ. އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެ ރޭ ހިނގި ހާދިސާގައި ފިހުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
މިހާދިސާގައި ބޮޑަށް ފިހިފައިވަނީ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާގެ އަތާއި ފައިގެ ބޮޑު ބައެއް ފިހިފައިވާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެމީހާގެ 60 ޕަސެންޓު ފިހިފައިވާ ކަމަށެވެ.
އެމީހާ މާލެ ގެނެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގައި އެވެ. ދެން މިހާދިސާގައި ފިހުނު ދިވެހި މީހާއަށް ފަރުވާ ދިނުމަށް ފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި އެވެ. އޭނާއަށް މާބޮޑު ގެއްލުމެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ޖަނަރޭޓަރު އޯވާ ހީޓުވެގެން އޭގައި އަލިފާން ރޯވެގެން ކަމަށެވެ. ހާދިސާގައި ރޯވި އަލިފާން ގަނޑު ނިއްވާލީ އަލިފާން ނިވި ބޭނުންކޮށްގެން ބޯޓުގެ ފަޅުވެރިންނެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް