އައްޑޫ ސިޓީގައި ގިނަ އުޅަނދުތަކެއް ބަލައި ފާސްކޮށްފި

ފަހަކަށް އައިސް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ވަމުންދާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކ...

11 Jun 2018 | 08:45

ފަހަކަށް އައިސް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ވަމުންދާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އައްޑޫ ސިޓީގެ ތިން ޕޮލިސް ސްޓޭޝަނަކުން ގުޅިގެން ނެވެ. މިޓްރެފިކް އޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ  އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި،  އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެކެވެ.

މިގޮތުން ބަލާފާސްކުރި އުޅަނދުގައި އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  ބަލައިފައިވެއެވެ. މި އޮޕަރޭޝަނުގައި ޖުމުލަ 409 އުޅަނދު ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވެގެން 20ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް