ހިންމަފުށީ މީހަކު ހައްޖަށް ފޮނުވުމުގައި ކައުންސިލަށް މިއަހަރު ހުރަސްތަކެއް!

ކ. ހިންމަފުށީ ކައުންސިލުގެ ހަރަދުގައި ކޮންމެ އަހަރަކު އެ ރަށު ރައްޔިތަކަށް ދެމުންދާ ހައްޖު ދަތުރު މިއަހަރު ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ. އެ ރަށު ކައުންސިލުން ބުނީ އެ ރަށު ރައްޔިތަކު މިއ...

11 Jun 2018 | 06:08

ކ. ހިންމަފުށީ ކައުންސިލުގެ ހަރަދުގައި ކޮންމެ އަހަރަކު އެ ރަށު ރައްޔިތަކަށް ދެމުންދާ ހައްޖު ދަތުރު މިއަހަރު ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

އެ ރަށު ކައުންސިލުން ބުނީ އެ ރަށު ރައްޔިތަކު މިއަހަރު ހައްޖަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވެފައި ނުވަނީ މިހާތަނަށްވެސް ކޯޓާ ހަމަޖެހިފައި ނުވާތީ ކަމަށެވެ. އެކަމަކު އަދިވެސް ކޯޓާ ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

އެ ކައުންސިލުން ނެރެފައިވާ އުސޫލާއި އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތަކުން "ހައްޖަށް ދިއުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށް ފަހު ޖުލައި 10 ގެ ކުރިން ހުށަހެޅުމަށް ހިންމަފުށީ ކައުންސިލް އިދާރާއިން އެދެ އެވެ. އެ އަހަރަކު ހައްޖަށް ފޮނުވާނެ މީހެއް ކަނޑައަޅަނީ ހާއްސަ ކޮމިޓީއަކުން ދިރާސާ ކުރުމަށް ފަހު ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

ހިންމަފުށީ ކައުންސިލުން ބުނީ ދިމާވެފައިވާ މައްސަލައިގެ ސަބަބުން މިއަހަރު ގުރުއަތުން ހޮވޭ މީހާއަށް ހައްޖަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައި ނުދެވިއްޖެ ނަމަ އަންނަ އަހަރު އެމީހަކަށް އެ ފުރުސަތު ދޭނެކަމަށެވެ.

މިދިޔަ އަހަރުވެސް ހިންމަފުށީ ކައުންސިލުން ވަނީ އެ ރަށު ރައްޔިތަކު ކައުންސިލްގެ ހަރަދުގައި ހައްޖަށް ފޮނުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް