އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރުމަކީ މާ ފަސޭހަ ކަމަށް ނުވެ އެވެ.
ހާއްސަކޮށް އަންހެނުންނަށެވެ. ދަރިން ބެލުމާއި ވަޒީފާ އަދާ ކުރުމާއި ގޭގެ ކަންކަން ކުރަމުން ރީތި ހަށިގަނޑަކަށް ޓަކައި ބަރުދަން ލުއި ކުރުން އަންހެންވެރިންނަށް އޮންނަނީ ބުރަ ކަމަކަށް ވެފައި އެވެ. ތިރީގައި އެވަނީ ބުރަކޮށް އުޅޭ އަންހެނުންގެ ތެރެއިން 30 އަހަރުން މައްޗަށް ދިއުމުންވެސް ބަރުދަން ލުއި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ބުރަކޮށް އުޅޭ އަންހެނުން 30 އަހަރުން މަތިވީމަ އޭގެ ކުރިން ބަރުދަން ލުއި ކުރުމަށް ބޭނުން ކުރި ކާނާ އެ ގަވައިދުތަކާއި އެއްގޮތަށް ކެއުމުން އޭގެ އަސަރު ކުރާލެއް ކުޑަވާނެ އެވެ. އުމުރުން 30 ން މައްޗަށް ދިއުމުން ކެއުމުގައި ކޮންމެހެން ހިމަނަން ޖެހޭ ބައިތަކަކީ ފެޓާއި، ޕްރޮޓީން އަދި ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ އެވެ.
ފައިބަރު ހިމެނޭ ކާނާ ކެއުމަކީވެސް މުހިންމު ކަމެކެވެ. އެއީ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށެވެ. އުމުރުން 30 އަހަރުން މައްޗަށް ދިއުމުން އަންހެނުންގެ ހޯމޯންސްއަށްވެސް ބަދަލު އަންނަން ފަށައެވެ. ހޯމޯންސްއަށް ބަދަލު އައުން ކޮންޓްރޯލް ކުރުމަށް ފެހިކަން ގަދަ ފަތް ކެއުމާއި ޗެސްޓް ބެރީ ކެއުމަށް އާދަ ކުރާށެވެ. ތައިރޮއިޑްގެ މައްސަލަ ދިމާވެދާނެ ކަމަށް ލޮނު އެކުލެވޭ ކާނާ މާގިނައިން ކެއުން ރަނގަޅެއް ނޫނެވެ.
އުމުރުން ދުވަސް ވާވަރަކަށް އަންހެނުންގެ ކަށިތަކަށްވެސް ބަދަލު އަންނަން ފަށައެވެ. ކަށިތަކަށް އަންނަ ބަލިކަށިކަން ކުޑަކޮށް، ވަރުގަަދަ ކުރުމަށް ކެލްސިއަމް އާއި ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުން ގިނަ ކުރާށެވެ. އުމުރުން 30 އަހަރުން މައްޗަށް ދިއުމުން ދުވާލަކު 1000 މިލިގްރާމްގެ ކެލްސިއަމް ހަށިގަނޑަށް ބޭނުންވެ އެވެ.
ކެލްސިއަމް ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި ކިރު، ބްރޮކޮލީ، ފެހިކަން ގަދަ ފަތް، ތަފާތު ވައްތަރުގެ ބަދަން އަދި ޗީޒް ހިމެނެ އެވެ.
މިކަންކަމަށް ސަމާލުކަން ދީގެން ކެއުން ބައްޓަން ކޮށްފި ނަމަ އުމުރުން 30 ން މައްޗަށް ދިޔަޔަސް ފަލަވާތި އުޅޭކަށް ނުޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް