ވޯޓު އަލުން ގުނަން ގޮވާލާފައިވަނިކޮށް އިރާގުގެ ވޯޓު ފޮށިތަކުގައި އަލިފާން ރޯވެއްޖެ

މިދިޔަ މެއި މަހު ކުރިއަށް ގެންދިޔަ އިރާގުގެ އާންމު އިންތިހާބުގެ ނަތީޖާ އާއިމެދު ސުވާލު އުފެދިފައިވަނިކޮށް ވޯޓު ފޮށިތައް ރައްކާކޮށްފައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގ...

11 Jun 2018 | 04:10

މިދިޔަ މެއި މަހު ކުރިއަށް ގެންދިޔަ އިރާގުގެ އާންމު އިންތިހާބުގެ ނަތީޖާ އާއިމެދު ސުވާލު އުފެދިފައިވަނިކޮށް ވޯޓު ފޮށިތައް ރައްކާކޮށްފައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިއްޔެ މި ހާދިސާ ހިނގާފައިމިވަނީ ވޯޓު އަލުން ގުނަން، މަޖިލީހުން ގޮވާލާފައިވަނިކޮށެވެ.

މިކަމާއިމެދު އިރާގުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ. ލިބުނު ގެއްލުމުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަލިފާން ރޯވެފައިވަނީ ވެރިރަށް ބަގުދާދުގެ ބެހެއްޓި ވޯޓު ފޮށިތައް ރައްކާކޮށްފައިހުރި ގުނަދުގައި އެވެ.

އިންތިހާބުގައި ކުރިހޯދާފައިވަނީ އެމެރިކާގެ ބޮޑު ތާއީދަކާއެކު ކެމްޕޭނު ކުރި މޮގްތަދާ އަލް ސާދިރުގެ ކޯލީޝަނުންނެވެ. މިހާރުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީގެ ކޯލީޝަނަށް ލިބުނީ ތިންވަނަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް