އީޔޫގައި ފާސްކުރުމަށް މަސައްކަތް ކުރަމުންދާ އާ ގާނޫނުގެ ސަބަބުން މީމްސް މަނާވެގެން ގޮސްދާނެކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.
އީޔޫއިން ހަދާ އާގާނޫނަކީ އިންޓަނެޓަށް އޮރިޖިނަލް ކޮންޓެންޓް އަޕްލޯޑު ކުރާ ފަރާތްތަކުގެ ހައްގުތަށް ރައްކާތެރިކުރުމަށްޓަކައި ފަރުމާކޮށްފައިވާ ކޮޕީރައިޓް ގާނޫނެކެވެ. ނަމަވެސް މި ގާނޫނާއި ދެކޮޅަށް ކެމްޕެއިން ކުރަމުންދާ ފަރާތްތަކުން ބުނެފައިވަނީ އިންޓަނެޓަށް އަޕްލޯޑުކުރާ ކޮންޓެންޓް، ކޮޕީރައިޓް ކޮންޓެންޓަކާއި އެއްގޮތް ވެއްޖެނަމަ އެ ކޮންޓެންޓް އިންޓަނެޓުން ފޮހެލާފާނެކަމަށެވެ.
މީމްސްއަކީ ފިލްމުތަކުންނާއި އެކި ތަންތަނުން ނަގާފައިވާ ފޮޓޯތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކޮންޓެންޓަކަށް ވުމުގެ ސަބަބުން ކޮޕީރައިޓްގެ ވެރިފަރާތުން ބޭނުންވެއްޖެނަމަ، މިގާނޫނުގެ ދަށުން އެ މީމްސް އަޕްލޯޑުކޮށްފައިވާ ވެބްސައިޓަކުން އެ މީމްއެއެއް ޑިލީޓުކޮށްލެވޭނެއެވެ. މީގެ އިތުރުންވެސް އިންޓަނެޓުގެ މިނިވަންކަން ކުޑަވެ ބޮޑަތި ކުންފުނިތަކަށް އާންމު ފަރާތްތަކުން ކުރާ ކަންކަން ބަލައި އެކަމަށް ބާރުފޯރުވުމަށް މަގު ފަހުވެގެންދާނެ ކަމަށްވެސް މި ގާނޫގައި ދެކޮޅަށް ކެމްޕެއިން ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް މި ތުހުމަތުތަށް ވަނީ ޔޫރަޕިއަން ކޮމިޝަނުން ދޮގުކޮށްފައެވެ. ޔޫރަޕިއަން ކޮމިޝަންގެ ސްޕޯކްސް ޕާސަން ބުނެފައިވަނީ ލިޔުންތެރިންނާއި، ޖާނަލިސްޓުންނާއި އަދި ޕަބްލިޝްކުރާ ފަރާތްތަކުގެ ހައްގުތަށް ހިމާޔަތް ކުރަންޖެހޭ ކަމަށެވެ. އަދި މިގާނޫގެ ސަބަބުން އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އޭގެން އާމްދަނީއެއް ހޯދޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް