ޕޮއިޒް އޭ ބުނުމުން މިހާރު މިއީ އައު ނަމަކަށް ނުވާނެ އެވެ. ރާއްޖޭގައި ސެންޓް ވިއްކުމުގެ ވިޔަފާރީގައި ޕޮއިޒް އަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ނަމެވެ. ކޮލިޓ ީ ރަނގަޅު މަގްބޫލު ސެންޓް ބްރޭންޑްތައް އެންމެ ހެޔޮ އަގުގައި ވިއްކަމުންދާ އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ޕޮއިޒް އިން އަންނަނީ ހޯލްސޭލް ކުރަމުންނެވެ.
ޕޮއިޒް އިން ރެއިން ފެށިގެން މިވަނީ މުޅިން އައު ފިހާރައެއް ހުޅުވާފަ އެވެ. އެލެކްޓްރޯނިކްސް ސާމާނަށް ހާއްސަ ފިހާރަ އެކެވެ. ނަން ހުސްކޮށް ހެޔޮ އަގުގައި އެ ފިހާރައިން އިލެކްޓްރޯނިކްސް ސާމާނު ލިބެން ހުރި އިރު އެ ފިހާރަ ފުރިހަމަ ކޮށްދެނީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ ނޮބެލް އިލެކްޓްރޯނިކްސް އެވެ. ޑުބާއީގެ މި ބްރޭންޑަކީ ޑުބާއީގައި އެންމެ މަގްބޫލު އިލެކްޓްރޯނިކް ބްރޭންޑެވެ. މި ބްރޭންޑްގެ ކޮންމެ ޕްރޮޑަކްޓެއްވެސް އުފައްދާފައިވަނީ އެންމެ ޒަމާނީ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެންކަން ފާހަގަ ކޮށްލެވެ އެވެ.
ފިހާރައިން ލިބެން ހުރި ނޮބެލް ބްރޭންޑްގެ އިލެކްޓްރޯނިކްސް އަށް ބަލާލާއިރު ގޭސް އުނދުން، އޭސީ، ދޮންނަ މެޝިން، ކެޓަލް، އައިސް މޭކަރ، އިސްތިރި، ވޯޓަރ ކޫލަރ، ޓީވީ ހިމެނެ އެވެ. އެކި ސައިޒް ސައިޒްގެ އެކި ޓެކްނޮލޮޖީގެ ޓީވީ ހިމެނެ އެވެ. ކާވް ޓީވީ އާއި އިންޓަނެޓް ޓީވީ އާއި 4 ކޭ އަލްޓްރާ އެޗްޑީ ޓީވީ ހިމެނެ އެވެ.
މި ފިހާރައާއި ބެހޭގޮތުން ޕޮއިޒް އިން ބުނީ މި ފިހާރަ ހާއްސަ ވަނީ ނޮބެލް ބްރޭންޑަށް ކަމަށާއި ނޮބެލް އަކީ ރާއްޖޭގެ މާކެޓްގައި ހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލިޓީ ރަނގަޅު އިލެކްޓްރޯނިކް ބްރޭންޑް ކަމަށެވެ. އެންމެ ތަފާތު ވާނީ އަގު ކަމަށެވެ. އަޖުމަ ބަލާލައިފި ނަމަ އަގާއި ކޮލިޓީގެ ތަފާތު ފެނިގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް