ދުވަހުގެ ރެސްޓޯރެންޓް: ޖުވޭސް ކެފޭ

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދޭ ރެސްޓޯރެންޓަކީ މާވެޔޮ މަގުގައި ހުންނަ ޖުވޭސް ކެފޭ އެވެ. ޖުވޭސް ކެފޭ އިން މި ވަނީ މި ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ރޯދަ ...

11 Jun 2017 | 02:09

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދޭ ރެސްޓޯރެންޓަކީ މާވެޔޮ މަގުގައި ހުންނަ ޖުވޭސް ކެފޭ އެވެ.

ޖުވޭސް ކެފޭ އިން މި ވަނީ މި ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ރޯދަ ވީއްލުމަށް ހާއްސަ ސެޓް މެނޫއެއް މިވަނީ އާއްމު ކޮށްފަ އެވެ. މެނޫގައި ތިން ސެޓް މެނޫ އެއް ހިމަނާފައި ވެ އެވެ.

ޖުވޭސް ކެފޭގެ މެނޫއަށް ބަލާލާއިރު މެއިން ޑިޝެސްގެ ގޮތުގައި ތައި ނޫޑްލްސް، ކަންކުން ބީފް، ތައި ބޭކެޑް ޗިކަން، ދަ ރެޑް ފިޝް ކަރީ، މަޝްރޫމް ރައިސް، ބަޓަރ ޗިކަން، ގްރިލްޑް ފިޝް އަދި ބީފް މަސާލާ ހިމެނެ އެވެ. ބުއިންތަކަށް ބަލާލާއިރު ކަރާ ފަނި، ފޭރު ފަނި، ފަލޫދާ އަދި އަލަނާސި ފަނި ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ސެޓް މެނޫއެއްގައި ސެލެޑާއި ސްޓާޓާސް ހިމަނާފައި ވެ އެވެ.

ޖުވޭސް ކެފޭ އިން ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 235 ރުފިޔާ އެވެ. ރިޒަވޭޝަން ހެއްދެވުމަށް ގުޅުއްވާނެ ނަމްބަރަކީ 3316969 ނުވަތަ 7316969 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް