1960 ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެމެރިކާގެ ޓީވީ ސިލްސިލާ "ބެޓްމެން" ގައި ބެޓްމެންގެ ރޯލުން ފެނިގެންދިޔަ ތަރި އެޑަމް ވެސްޓް މަރުވެއްޖެ އެވެ.
އުމުރުން 88 އަހަރުގައި އޭނާ މަރުވީ ލުކޭމިއާ ބައްޔަ ފަރުވާކުރަމުންދަނިކޮށް އިއްޔަގެ ވަގުތެއްގަ އެވެ.
70 އަހަރު ފިލްމީ ދާއިރާގައި މަސައްކަތްކުރި އެޑަމްއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ 1966 ވަނަ އަހަރު ނިކުތް ބެޓްމެން ސިލްސިލާގައި އޭނާ އަދާކޮށްފައިވާ ބެޓްމެންގެ ރޯލުންނެވެ.
1928 އުފަންވި އެޑަމް ހޮލީވުޑްގައި މަސައްކަތްކުރަން ފެށީ 1959 ވަނަ އަހަރު އެވެ. އޭނާ ވަނީ 60 ފިލްމާއި، އަދި 97 ޓީވީ ސީރީޒްގައި މަސައްކަތްކޮށްފަ އެވެ.
އެޑަމް މަރުވިއިރު އެނާގެ އަންހެނުންނާއި، ހަ ކުދިންނާއި، ފަސް ކާފަ ދަރިންނާއި އަދި ދެ މުނިކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް