ހަވާއިއަން ޕިއްޒާ ފުރަތަމަ ފަހަރަށް ތަޢާރަފުކުރި ސޭމް ޕެނޯޕޮލޮސް، އުމުރުން 83 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާ މަރުވީ ބަލިވެގެން ފަރުވާދެމުންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ލަންޑަނުގެ އޮންޓާރިއޯ ސިޓީގެ ހޮސްޕިޓަލުގަ އެވެ.
ހަވާއިއަން ޕިއްޒާ އެންމެ ފުރަތަމަ ތަޢާރަފު ކުރެވުނީ 1962 ގަ އެވެ. ޕިއްޒާގެ މައްޗަށް އަލަނާސި އަޅާފައި ހުންނަ ހަވާއިއަން ޕިއްޒާއާއި ބެހޭގޮތުން ޝޯޝަލް މީޑިއާގައި މި ދޭތެރެއަކުން ވަނީ ވަރަށް ގަދަޔަށް ބަހުސްވެސް ކުރެވިފަ އެވެ. އެއް ބަޔަކު ވަނީ ޕިއްޒާއަށް އަލަނާސި އެޅުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ބުނެފަ އެވެ.
ޕެނޯޕޮލޮސް އުފަންވީ ގުރީސްއަށެވެ. ނަމަވެސް 1954 ވަނަ އަހަރު، އޭނާގެ އުމުރުން 20 އަހަރުގައި ދިރިއުޅުން ލަންޑަންގެ އޮންޓާރިއޯ ސިޓީއަށް ބަދަލުކުރި އެވެ.
އޮންޓާރިއޯގައި ޕެނޯޕޮލޮސް އާއި އޭނާގެ ދެ ބޭބެއިން ރެސްޓޯރެންޓުގެ ވިޔަފާރި ފެށި އެވެ. އެގޮތުން އިނގެރޭސިވިލާތުގެ ޗަތަމް ޓައުނުގައި ސެޓެލައިޓް ރެސްޓޯރަންޓް ކިޔާ ރެސްޓޯރެންޓެއް ހުޅުވި އެވެ. ހަވާއިއަން ޕިއްޒާ ފުރަތަމަ ފަހަރަށް ހެދީ އެ ރެސްޓޯރަންޓުގަ އެވެ.
ދަޅުގައި ބަންދުކޮށްފައި ހުންނަ އަލަނާސި، ޕިއްޒާގެ މައްޗަށް އެޅީ އެ އެޅުމުން ޕިއްޒާގައި ލާނެ ރަހަ ޓެސްޓުކޮށްލުމުގެ ގޮތުން މަޖަލަކަށް ކަމަށް ޕެނޯޕޮލޮސް މިދިޔަ ފެބްރުއަރީ މަހު ބީބީސީއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެ އެވެ.
ހަވާއިއަން ޕިއްޒާއަށް އެނަން ދެވުނީ އެ ޕިއްޒާގެ މައްޗަށް އެޅި ދަޅުގައި ބަންދުކޮށްފައިހުރި އަލަނާސިއަކީ ހަވާއީގެ ބްރޭންޑެޑް ދަޅަކަށް ވުމުންނެވެ.
ޕެނޯޕޮލޮސް މަރުވިއިރު އޭނާގެ އަންހެނުންނާއި، ދެ ދަރިންނާއި އަދި ހަތަރު ކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް