ޓްރެފިކް ސްޓިކާ މާފްކޮށްދިނުމުގެ ބިލް މަޖިލީހަށް ފޮނުވައިފި

މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ ވެހިކަލްތަކުން ނަގަން ނިންމާފައިވާ ޖޫރިމަނާތައް މައާފްކޮށްދެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ. މި އިސްލާހު...

11 Jun 2015 | 10:17

މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ ވެހިކަލްތަކުން ނަގަން ނިންމާފައިވާ ޖޫރިމަނާތައް މައާފްކޮށްދެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ.

މިބިލްގައިވާ ގޮތުން މި ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތަކަށް ޖޫރިމަނާ ކޮށްފައިވާ މީހުންގެ ޖޫރިމަނާ ފައިސާ މައާފްކުރެވިގެން ދާނެ އެވެ.

ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްދޭ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި މިވަނީ މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާކަން ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފްތާގައި ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމުގައި އިއުލާންކުރައްވާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް