އައްޑޫ ސިޓީ ކުނި އުކުމުގެ މަސައްކަތް އެމްއާރުޑީސީއާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ކުނި އުކުމުގެ މަސައްކަތް ވަގުތީގޮތުން މޯލްޑިވްސް ރޯޑް ޑިވެލޮޕެމެންޓް ކޯޕަރަޝަނާ ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އެންވަޔަރަންމެންޓް މިނިސްޓަރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތ...

11 Jun 2015 | 08:45

އައްޑޫ ސިޓީގެ ކުނި އުކުމުގެ މަސައްކަތް ވަގުތީގޮތުން މޯލްޑިވްސް ރޯޑް ޑިވެލޮޕެމެންޓް ކޯޕަރަޝަނާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމެންޓް މިނިސްޓަރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހް އެވެ.

އެމްއާރުޑީސީ އާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަހަކު 734،792 ރ އެންވަޔަރަންމެންޓް މިނިސްޓްރީން އެމްއާރުޑީސީ އަށް ދައްކާ ގޮތަށެވެ. އެންވާރްމަންޓް މިނިސްޓްރީން ބުނީ މިގޮތަށް ހަމަޖެއްސުމުން އައްޑޫސިޓީގެ ގެތަކުން އެއްވެސް ފައިސާ އެއް ކުނި އުކުމަށް ނުނަގާނެ ކަމަށެވެ.

އެންވާރްމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ، ވަގުތީ ގޮތުން އައްޑޫ ސިޓީގެ ކުނި އުކުމުގެ މަސައްކަތް އެމްއާރުޑީސީއާއި ހަވާލު ކުރީ މިވަގުތު އެ ސިޓީގައި ކުނި އުކޭޏެ އެއްވެސް އިންތިޒާމެއް ނެތުމާއ ކުރިއަށް އޮތީ ރޯދަމަސް ކަމުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ދިމާވެ ބަލިމަޑުކަމެއް ވެސް އުފެދިދާނެތީ ކަަމަށެވެ.

އައްޑޫ ސިޓީގެ ކުނިއުކާލުމުގެ މަސައްކަތް އެމްއާރުޑީސީ އާ ހަވާލުކޮށްފައި މިވަނީ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރަމުންދިޔަ މަސައްކަތް ހުއްޓުވާލާފައި ވަނިކޮށެވެ

މިނިސްޓަރު ވިދާޅުވީ، އެމްއާރުޑީސީ އާއި މަސައްކަތް ހަވާލުކޮށްފައި ވަނީ ދާއިމީކޮށް އެ މަސައްކަތްކުރަން ބަޔަކު ހަމަޖެހެން ކަމަށެވެ. އަދި އެކަމަށް ދެމަސްވާނެ ކަަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް