މާދަމާގެ މުޒާހަރާއާ ގުޅޭގޮތުން ފުލުހުންނާއި ސިފައިން މާޝްވަރާކޮށްފި

އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ބާއްވާ މުޒާހަރާއާއި ގުޅޭގޮތުން ފުލުހުންނާއި ސިފައިން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތަކާއި ގުޅޭގޮތުން ފުލުހުން ބުނީ ބައްދަލުވުމުގައި މާދަމާއަށް ފުލުހުން ވެފައިވާ ތައްޔ...

11 Jun 2015 | 08:30

އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ބާއްވާ މުޒާހަރާއާއި ގުޅޭގޮތުން ފުލުހުންނާއި ސިފައިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތަކާއި ގުޅޭގޮތުން ފުލުހުން ބުނީ ބައްދަލުވުމުގައި މާދަމާއަށް ފުލުހުން ވެފައިވާ ތައްޔާރީތަކާއި އޮޕަރޭޝަން ކުރިޔަށް ގެންދާ ގޮތުގެ މައުލޫމާތު ސިފައިންނަށް ދީފައިވާނެ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މާދަމާގެ އޮޕަރޭޝަންގައި ސިފައިން ހަރަކާތްތެރިވާނެ ގޮތާާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާދަމާ ރޭގެ އެއްވުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ސިފައިންވެސް ފުލުހުންގެ އޮޕަރޭޝަންގައި ބައިވެރިވާނެ ކަމަށް ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ އިހުތިޖާޖުގެ ނޯޓިސް އެމްޑީޕީން ރޭ ވަނީ ފުލުހުންނަށް ދީފައެވެ. އަދި ފުލުހުން ވަނީ ނޯޓިސް ލިބިފައިވާ ކަމަށާއި ސުލްހަވެރިކޮށް މުޒާހަރާ ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް