މުންދުގެ ކޮއްކޮއަށް ޖެންޑާ މިނިސްޓަރުގެ ނާއިބް ކަން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނައިބު ކަމުގެ މަގާމަށް އާމިނަތު ހުސައިން ޝަރީފް އައްޔަން ކުރައްވައިފި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ...

11 Jun 2015 | 07:27

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނައިބު ކަމުގެ މަގާމަށް އާމިނަތު ހުސައިން ޝަރީފް އައްޔަން ކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ.

އާމިނަތު ހުސައިން ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިކަނބަލުން ނެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފުގެ ކޮއްކޮ އެވެ.

މާލޭގައި ހުންނަ އދ. ގެ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި އާމިނަތު ހުސައިން ޝަރީފަކީ ސައިކޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ސައިކިއަޓްރިކް ރިސާޗުގެ ދާއިރާ އިން ޔުނިވަސިޓީ އޮފް ލަންޑަނުން މާސްޓާޒް ނަންގަވާފައިވާ ބޭފުޅެކެވެ.

އާމިނަތު ހުސައިން ޝަރީފް ވަނީ އިޖުތިމާއީ ރައްކާތެރިކަމާއި އާއިލީ ހަރުދަނާކަމާ ބެހޭ، އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއްގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް