ދެ ހައްޖުވެރިއަކަށް ޖިންސީ ގޯނާކުރި ސިފައިންގެ ދެމީހަކު ހަތަރު އަހަރަށް ޖަލަށް

ސައުދީ އެއާޕޯޓުގައި ދެ ހައްޖުވެރިއަކަށް ޖިންސީގޯނާކުރި ސައުދީ ސިފައިންގެ ދެމީހަކު ހަތަރު އަހަރަށް ޖަލަށް ލުމަށާއި އަދި 1000 އެތިފަހަރުން ހައްދު ޖެހުމަށް ސައުދީ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ. ދެ ހ...

11 Jun 2015 | 03:51

ސައުދީ އެއާޕޯޓުގައި ދެ ހައްޖުވެރިއަކަށް ޖިންސީގޯނާކުރި ސައުދީ ސިފައިންގެ ދެމީހަކު ހަތަރު އަހަރަށް ޖަލަށް ލުމަށާއި އަދި 1000 އެތިފަހަރުން ހައްދު ޖެހުމަށް ސައުދީ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.

ދެ ހައްޖުވެރިއަކަށް ސައުދީ އެއާޕޯޓުގައި މަސައްކަތްކުރާ ސިފައިންގެ ދެމީހަކު ޖިންސީގޯނާކޮށްފައިވަނީ މި އަހަރުގެ މާރިޗް މަހުގެ ތެރޭގަ އެވެ. ޖިންސީ ގޯނާކޮށްފައިވަނީ އީރާނުގެ ޒުވާން ދެ ހައްޖުވެރިއަކަށެވެ.

އީރާނުން އެކަނިވެސް އަހަރެއްގެ ތެރޭގައި ފަސް ލައްކައަށްވުރެ ގިނަ ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދެ އެވެ.

މިކަމާ ބެހޭގޮތުން ސައުދީގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު އަބަދުވެސް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި ސައުދީގައި ގާއިމްކޮށްފައިވާ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމުގައި އެގައުމުން ފަސްނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް