އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތު ލެބްގެ ޚިދުމަތް ފެށުން ލަސްވާތީ ވަޒީރާ ސުވާލުކުރަން އަޒާން ހުށަހަޅުއްވައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކެތު ލެބްގެ ޚިދުމަތް ފެށުން ލަސްވާތީ ޞިއްޙަތާއިބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އާ ސުވާލުކުރަން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ހުށަހަޅ...

11 May 2025 | 15:00

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކެތު ލެބްގެ ޚިދުމަތް ފެށުން ލަސްވާތީ ޞިއްޙަތާއިބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އާ ސުވާލުކުރަން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ހުށަހަޅުއްވައިފިއެވެ.

އަޒާންގެ ސުވާލުގައި އަހާފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކުރެވިފައިވާ، ކެތެޓަރައިޒޭޝަން ލެބޯޓަރީ ނުވަތަ ކެތު ލެބްގެ ޚިދުމަތް ދިނުން ނުފެށި ލަސްވަނީ ކިއްވެގެންތޯ އާއި އަދި އެތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ތާރީޙު ސާފުކޮށްދެއްވުމަށް އެދިއެވެ.

އެ ސުވާލާއެކު އަޒާން އެކްސްގައި ވިދާޅުވެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ ގުޅުންހުރި އިމަޖެންސީ ކޭސްތަކުގެ ނިސްބަތުން ބަލާނަމަ ކޮންމެ ފަސް ކޭހަކުން އެއް ކޭސް ގުޅެނީ އެފަދަ އިމަޖެންސީތަކާއި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް