ދިރާގުން "ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް" ބޭއްވުމަށް ހޮޓެލިއަރ މޯލްޑިވްސްއާ އެކު ޕަރޓްނަރޝިޕް ހަދައިފި

2025 ވަނަ އަހަރު ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މައި ހަރަކާތްތައް ބޭއްވުމަށް ދިރާގުން ހޮޓެލިއަރ މޯލްޑިވްސްއާ ބައިވެރިވެއްޖެއެވެ. މި ޕަރޓްނަރޝިޕްގެ ދަށުން ޓޫރިޒަމް އަދި ހޮސްޕިޓަލިޓ...

11 May 2025 | 07:45

2025 ވަނަ އަހަރު ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މައި ހަރަކާތްތައް ބޭއްވުމަށް ދިރާގުން ހޮޓެލިއަރ މޯލްޑިވްސްއާ ބައިވެރިވެއްޖެއެވެ.

މި ޕަރޓްނަރޝިޕްގެ ދަށުން ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތްތައް ކަމުގައިވާ "ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް" ބޭއްވުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރާނެއެވެ.

"ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާއިން ސިނާއަތްތައް ބާރުވެރިކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އަދި، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން މިހާ ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ މި ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، އަލީ ރިޔާޒް ވިދާޅުވިއެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި އެވޯޑް ހަފްލާގައި ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް ފުރުތަމަ ފަހަރަށް ބާއްވައިފައިވަނީ 2024 ވަނަ އަހަރުއެވެ. އެ އަހަރު 300 އަށް ވުރެ ގިނަ ނޮމިނޭޝަންސް އަދި 100،000 އަށް ވުރެ ގިނަ އާންމު ވޯޓުއާއެކު ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ. މި އަހަރުގެ އެވޯޑްސްއަށް އެއަށްވުރެ ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ގޮތުން، އެކި ކެޓަގަރީތަކަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އައު އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް، 600،000 އަށްވުރެ ގިނަ އާންމު ވޯޓު ވަނީ 25 އެޕްރީލް 2025ގައި ވޯޓުލުން ބަންދުކުރުމާ ހަމައަށް ލިބިފައިވެއެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ، އެ ދާއިރާ ކުރިއަރުވައި، ހަރުދަނާކޮށް، އަދި އެ ދާއިރާގެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް