ދޮގު ޚަބަރުތަކުން ޓީމު ރޫޅާލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ހާސިލްނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލަން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނިކޮށް ރައީސްއަށް ތާއިދުއޮތްކަން ނިމިދިޔައި އިންތިހާބުން ދިވެހިން ވަނީ ސާބިތު ކޮށްދީފައި ކަމަށެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވެފައިވަނީ، ޓީމު ރޫޅާލުމަށް ފަތުރާ ދޮގުތަކުން އެ ދޮގުތަށް ފަތުރާ ފަރާތްތަށް ފަލީހަތްވުން ނޫން އިތުރުކަމެއް ހާސިލެއް ނުވާނެކަމަށެވެ.
އަދި ސަރުކާރުގެ ޓީމު އޮތީ ބަދަހިކޮށް ކަމާއި ދިވެހިން ދާނީ މުޢިއްޒު ދުވެލީގައި ގައުމަގެން ކުރިއަށް ކަމަށް އެ ޕޯސްޓްގައި އަދުރޭ ވިދާޅުވެފައިވެއެވެ.
އަދުރޭ މި ޕޯސްޓް ކުރައްވާފައި މިވަނީ، ސޯޝަލް މީޑިޔާގައި ސަރުކާރުގެ އިސް މަގާމުތަކެއް ގައި ތިއްބެވި ބޭފުޅުންތަކެއް މަގާމުން ވަކިކުރަން ރައީސް ޑރ.މުއިއްޒު އުޅުއްވާކަމަށް ވާހަކަތަކެއް ފެތުރެމުންދާ ދަޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް