ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ފަސް އަހަރު ދުވަހު ސަރުކާރުގެ މަގާމެއްގައި ހުރުން އެއީ ހަނު ހުންނަން ޖެހޭނެ ސަބަބެއް
އެކްސްގައި މާރިޔާ ކުރި ޕޯސްޓަކާއި ގުޅިގެން މީހަކު ދީފައިވާ ރަށްދަކަށް މާރިޔާ ވިދާޅުވެފައިވަނީ " ދައިތަ ފަސް އަހަރު ވަންދެން ސަރުކާރުގެ މަގާމުގައި ހުރި ކަމުން،މިހާރު މީހަކު ހަނު ހުންނާށޭ ބުންޏަކަސް ކަންބޮޑުވާ ކަންކަމުގައި އަނގަ ބަންދުކުރެވޭނެ ކަމަށް ބަޔަކު ދެކުނަސް އެކަން އެގޮތަކަށް ނުވާނެ" ކަމަށެވެ.
މާރިޔާއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނީ، އެކްސްގައި މީހަކު ބެންކޮކްގެ މަގުތަކުގައި ހިގަން ފަސޭހަކަމަށް ބުނެ ބެންކޮކްގެ ވީޑިޔޯއެއް ހިއްސާ ކުރި ޕޯސްޓަކާއި ގުޅިގެން މާރިޔާ އިއްޔެ ކުރައްވާފައިވާ ޕޯސްޓެއްގައި، މާލޭގެ މަގުތަށް ހަނި ކަމާއި، ކަފިހި ހުރަސް މަތިސްވެސް ހިނގަން އުދަގޫ ކަމުން ފައިމަގުގައި މާލޭގެ މަގުތަކުގައި އުޅުމުގެ މަގު ތަނަވަސްވެފައި ނެތް ކަމަކީ ދެރަ ކަމެއް ކަމުގައި ބުނެ ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން މީހަކު މާރިޔާއަށް ރައްދުގައި ބުނެފައިވަނީ، މާރިޔާއަކީ ފަސް އަހަރު ދުވަހު މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމާއި ، އޭރުވެސް މަގުތައް އޮތީ ހަމަ މިފަދަ ހާލެއްގައި ކަމާއި އޭރު މާރިޔާގެ އަތުގައި ބާރު އޮތް އިރު މި މައްސަލަ ހައްލުކުރުމަށް އެއްވެސް ކަމެއް ނުކުރީ ކީއްވެތޯ ސުވާލުކޮށްފައެވެ.
މިކަމާއި ގުޅިގެން މާރިޔާ ވިދާޅުވެފައިވަނީ ، މީހުން ބުނާ މިފަދަ ބަސްތަކާއި ހުރެ ހަނު ހުރުމަށް އިންކާރުކުރާކަމަށެވެ. ކަންބޮޑުވާ ކަންކަމުގައި ބަސްބުނުމުގައި އެމްޑީޕީ ސަރުކާރު އައުމުގެ ކުރިންވެސް، އެ ސަރުކާރުގައިވެސް އަދި ފަހުންވެސް ދެމި ހުންނާނެކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް