"އޮޕްރޭޝަން ކުރަނގި" އިން މިހާތަނަށް ފަސްސަތޭކައެއްހާ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

އޮޕްރޭޝަން ކުރަނގީގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 532 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފިއެވެ. ސަރުކާރުން މި މަސައްކަތް ފެށީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީނާއި ބެހޭ މައުލޫ...

11 May 2024 | 08:03

އޮޕްރޭޝަން ކުރަނގީގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 532 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފިއެވެ.

ސަރުކާރުން މި މަސައްކަތް ފެށީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީނާއި ބެހޭ މައުލޫމާތުތައް އެއް ވިއުގައެއްގައި ރައްކާކުރުމުގެ ބޭނުމުގައެވެ.

ހޯމްލޭމްޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެކްސްގައި ވިދާޅުވެފައި ވަނީ، ހިންމަފުށިން ފެށުނު މި އޮޕަރޭޝަންގައި 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޔޮމެޓްރިކް ޑާޓާ ނަގާ ނިންމާލެވިފައި ވާކަމަށެވެ. އިހްސާން ބުނީ ކައިރި މުސްތަގުބަލެއްގައި އިތުރު ފަސް ރަށެއްގައި މި އޮޕަރޭޝަން ފައްޓަވާނެ ކަމަށެވެ.

ސަރުކާރުން ބުނީ، މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގާ ރާއްޖޭގައި މަސައްކަތްކުރަމުންދާ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ވިއުއެއްގައި ކަމާ ގުޅުން ހުރި މުއަސަސާތަކަށް ފެންނާނެހެން ބެހެއްޓުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. މި މަސައްކަތް ވެގެން ދާނީ ބިދޭސީންގެ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ މަސައްކަތެއް ކަމަށް މި ޕްރޮގްރާމް ފެށި ދުވަހު ސަރުކާރުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް