މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިކަލް ސުކޫލު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްއެންޔޫއިން އިއުލާނުކޮށްފިއެވެ.
އެމްއެންޔޫއިން އިއުލާނު ކޮށްފައިވަނީ ، މެޑިކަލް ސުކޫލަކާއި، ޓީޗިން ހޮސްޕިޓަލާއި، ފެކަލްޓީއޮފް ނާސިންގެ އިމާރާތް ކުރުމުގެ މަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދުމަށެވެ.
އެގޮތުން އެމްއެންޔޫއިން ދޭ ޗާޓާއި އެއްގޮތަށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްއެންޔޫއިން އިއުލާން ކޮށްފައިވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. މި މައްސަކަތް ކުރުމަށް އިއުލާނުކޮށްފައިވަނީ ޑިޒައިންނާއި ބިލްޑް އުސޫލުގެ ދަށުންނެވެ.
މި މަޝްރޫއަކީ ، ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
އެމްއެންޔޫއިން ކުރި އިއުލާނުގައި ވަނީ، މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން ފެށޭ މަހު (ޖޫން) 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް