ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބިން ނެތިގެން ސަރުކާރުން ނޫޅޭ: މިއުވާން

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބިން ނެތިގެން ސަރުކާރުން ނޫޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާނު ވިދާޅުވެއްޖެއެވެ. މިއުވާނު މިހެން ވިދާޅުވެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ...

11 May 2023 | 17:38

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބިން ނެތިގެން ސަރުކާރުން ނޫޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާނު ވިދާޅުވެއްޖެއެވެ.

މިއުވާނު މިހެން ވިދާޅުވެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ހިއްކަނީ މާލޭ ރައްޔިތުންނަށް ގޯތިދޭން ބިން ނެތިގެން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަަކަށް ރައްދުދެއްވައެވެ.

އެގޮތުން ތަރުޖަމާން މިއުވާން ވިދާޅުވީ ހުޅުމާލެ ފަޅު ހިއްކުމާއިގުޅޭ މަޝްވަރާތަކެއް ކުރިއަށްދާ ކަމާށާއި ނަމަވެސް މިކަމާއި ގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށެވެ.

ހަމައެހެންމެ މިހާރު އިޢުލާންކޮށްފައި ހުރި މަޝްރޫޢުތަކަށް އިޢުލާންކުރީ އެކަމަށް ބޭނުންވާ ބިން އޮތްކަން ކަށަވަރު ކުރުމަށްފަހު ކަމަށް މިއުވާން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިއުވާން ވަނީ ހުޅުމާލޭގެ ފަޅުން ބައެއް ހިއްކަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯތި ދޭން ބޭނުންވާ ބިން ނެތިގެންކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީޤަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށްވެސް ވިދާޅުވެފައެވެ.

ހިއްކަން މަޝްވަރާކުރަނީ ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން ކްރޫޒްލައިނަރ ޓަރމިނަލެއް ތަރައްޤީކުރުމަށް ކަނޑައަޅާފައި އޮތް ސަރަހައްދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް