"ފޯޅަވަހި ކޯލިޝަން" އިން މާލޭ ރައްޔިތުންނަށް ގޯތު ދޫކުރާކަށް ނޭދެ: ފަލާހު

ފޯޅަވަހި ކޯލިޝަނުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރާކަށް ނޭދޭ ކަމަށް މާފަންނަނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ. ޗާގޮސް މައްސަލައިގަ ރާއްޖޭގެ އިމުން ބައެއް ދޫކޮށްލާފައިވާ ...

11 May 2023 | 17:32

ފޯޅަވަހި ކޯލިޝަނުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރާކަށް ނޭދޭ ކަމަށް މާފަންނަނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ޗާގޮސް މައްސަލައިގަ ރާއްޖޭގެ އިމުން ބައެއް ދޫކޮށްލާފައިވާ ކަމަށްބުނެ އެބައި ހޯދުމަށް މަސައްކަތް ކުރުމަށް ކޯލިޝަން ހެދީ، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޕީޕީއެމް، ޕީއެންސީ، ޖޭޕީ އަދި އެމްއެންޕީ އެވެ. މި ކޯލިޝަނުން މިއަދު ވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަޅާފައި އެވެ.

އެ ކޯލިޝަނާއި ގުޅޭގޮތުން ފަލާހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންނަށް އެތައް ޒަމާނަކަށް ފަހު ގޯތި ދިނުމަށް ހިއްކަން ހުރި ތަނެއް ހިއްކާ އެކަން ކުރަންވީ ކަމަށެވެ. އޭނާ ވިދާޅުވީ ފޯޅަވަހި ކޯލިޝަނަކުން މާލޭ ރައްޔިތުންނަށް މިކަން ވާކަށް ނޭދޭ ކަމަށެވެ.

މީގެ އިތުރުނ އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަމްރޫ ލައްވާ އިގްތިސޯދާއި ގުޅޭގޮތުންް ވާހަކަ ދައްކަނީ ފިނޑިކަމުން ކަމަށް ވިދާޅުވި އެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ޕީޕީއެމް ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ ކެކިއަރާނެކަން މާލޭ މީހުންނަށް އެނގޭޭ ކަމަށްވެސް ވިދާޅުވި އެވެ.  ފަލާހު ވިދާޅުވި ގޮތުގައި އެ ކޯލިޝަންގައި ތިއްބެވި ވެރިން އަބަދުވެސް އެދެނީ އެބިމުން ފައިސާ ހޯދާ އަމިއްލަ ޖީބު ބަރުކުރަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް