ވަރަށް ބޮޑަށް މޫސުން ގޯސްބެ ރާއްޖޭގެ ދެ ސަރަހައްދަކަށް ރީނދޫ އެލާޓު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. ދެން އެލާޓު ނެރެފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށެވެ.
މެޓު އޮފީހުން ބުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ރީނދޫ އެލާޓު ނެރެފައިވަނީ މިރޭ7:00 ން11:30 އަށް ކަމަށެވެ. ކ. ން ވ. އަތޮޅަށް ނެރެފައިވަނީ މިރޭ9:30 ން ދަންވަރު1:30 އާއި ހަމައަށެވެ.
މެޓުން ލަފާ ކުރާ ގޮތުގައި މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގުމޫސުމުގެ ބާރު ގަދަވެގެން ކުރަމުންދާ ވިއްސާރަ އެވެ މެޓުން ބުނީ މާދަމާ އާއި އަނެއް ދުވަހުވެސް އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޮސްވާނެ ކަމަށެވެ.
ރާއްޖޭގެ މޫސުން ގޯސްއިރު ބޭ އޮފް ބެންގޯލްގައި އުފެދުނު ކޮޅިގަނޑު މިއަދު ވަނީ ތޫފާނަކަށް ބަދަލުވެ ބާރު ގަދަވެފައި އެވެ. މޮކާގެ ނަމުން ނަން ދީފައިވާ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަކަށް ނުކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް