ވަގަށް ނެގި ސައިކަލެއް ދުއްވާފައި ދަނިކޮށް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ވަގަށް ނެގި ސައިކަލެއް ދުއްވަނިކޮށް ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީނާ އަކީ މީގެ ކުރިންވެސް ސައިކަލު ވަގަށް ނެގުމުގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.
ފުލުހުން ހުށަހެޅި މައުލޫމާތުތަކަށް ބަލައި ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.
ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކަކީ މާލޭގައި ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް