ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މައްސަލަ މަޖިލީހަށް ވެއްދީ ރާއްޖޭގެ އިންވަކި ކުރި މައްސަލައިގަ ސަރުކާރާއި ދެކޮޅަށް އެކުލަވ...

11 May 2023 | 11:54

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މައްސަލަ މަޖިލީހަށް ވެއްދީ ރާއްޖޭގެ އިންވަކި ކުރި މައްސަލައިގަ ސަރުކާރާއި ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަނުންނެވެ. އެ ކޯލިޝަންގައި ހިމެނެނީ، ޕީޕީއެމް/ ޕީއެންސީ، ޖޭޕީ، ފިކުރެއްގެ ދިރުން އަދި އެމްއެންޕީ އެވެ.

އެ ކޯލިޝަނުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރިފްއަތާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ މިއަދު ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ޗާގޮސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާއި އެކު އެވެ.

އެ ކޯލިޝަނުން ތުހުމަތު ކުރިގޮތުގައި ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަނައިބުގެ ހައިސިއްޔަތުން ރިފްއަތު ލީޑް ކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައެެއް ނޫނެވެ.

ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ސަރުކާރުން ފައިސާ ދިން މައްސަލަ ވެސް ރިފްއަތާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހިމަނާފައިވާ ކަމަށް ހުށަހެޅި މައްސަލައިގަ ބުނެފައިވެ އެވެ.

އެ ކޯލިޝަނުން ބުނީ މި މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް މަޖިލީހަށް ހުށަހަޅާނެ ކަަމަށެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

މިހާރު މަޖިލީހުގައި މެމްބަރުން ތިއްބެވި ސިޔާސީ ފިކުރަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ55 މެމްބަރުން އެބަތިއްބެވި އެވެ. ޗާގޮސް މައްސަލައިގަ އުފެއްދި ކޯލިޝަންގައި ތިއްބެވީ28 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް