ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓުތަކުގެ ކުލި މިމަހުން ފެށިގެން ކުޑަކޮށްދީފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގިނަ ކަންތައްތަކެއް ބެލުމަށް ފަހު ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން ނިންމީ ހިޔާ ފްލެޓުގައި ދިރިއުޅޭ އާންމުންގެ އެދުމަށް ކަމަށެވެ.
ކުލީގެ ގޮތުގައި މިމަހުން ފެށިގެން ދައްކަން ޖެހެނީ5،300 ރުފިޔާ އެވެ. އަދި އިތުރަށް މެއިންޓަނަންސް ފީގެ ގޮތުގައި1،000 ރުފިޔާ އާއި އެކު ހިޔާ ފްލެޓުތަކުގެ ޖުމްލަ ކުއްޔަކީ މިހާރު6،300 ރުފިޔާ އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ މިމަހުގެ ކުލީގެ ގޮތުގައި8،500 ރުފިޔާ ދައްކާފައިވާ ފަރާތްތަކަށް ރީފަންޑު ލިބޭނެ ކަމަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް