ތޫފާން "މޮކާ" ގެ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް މޫސުން ވަރަށް ގޯސްވާނެ

ބޭ އޮފް ބެންގޯލް ގައި އުފެދިފައިވާ "މޮކާ" ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. އެ ސަރަހައްދުގައި އުފެދިފައ...

11 May 2023 | 06:32

ބޭ އޮފް ބެންގޯލް ގައި އުފެދިފައިވާ "މޮކާ" ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިއްޔެ ވަނީ ތޫފާނަކަށް ބަދަލުވެފައި އެވެ. ތޫފާނާއި ގުޅިގެން ސްރީލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ރެޑް އެލާޓު ނެރެފައި އެވެ.

މެޓް އޮފީހުން މިއަދު ބުނީ މި ތޫފާން މަޑުމަޑުން ހުޅަނގު އުތުރުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ނަމަވެސް މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް