އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
އެ އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އީސީގެ މެމްބަރުކަމަށް އެދި ހުށަހަޅާ ފޯމު ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 1:00 އަށް ބަލައިގެންނާނެ ކަމަށެވެ. މުއްދަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
މަގާމަށް ކުރިމަތިލާން އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. އަދި ރައީސް އޮފީހުގެ ރިސެޕްޝަނުން ވެސް ދޫކުރެ އެވެ.
އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އީސީގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަވާތީ އެވެ. އޭނާ އީސީގެ މެމްބަރު ކަމަށް އައްޔަން ކުރީ2018 ވަނަ އަހަރު އެވެ.
އީސީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ.
ނަޝާތުގެ އިތުރުން މިވަގުތު އެ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް