އަވައްޓެރި ސްރީލަންކާގައި ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ ދިވެހި މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ އުމުރުން62 އަހަރުގެ އިބްރާހިމް އަލީ ކިޔާ މީހެކެވެ. އެމީހާ ގެއްލިގެން ހޯދަން ފެށީ މިމަހުގެ ދެ ވަނަ ދުވަހު ފިތުރު އީދު ނަމާދަށް ދިޔަ ފަހުންނެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ އެމީހާ ފެނުނީ މިއަދު ކަމަށެވެ. އަދި މިހާޜު ކޮލަމްބޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ.
އިބްރާހިމް އަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.
އޭނާ ވިދާޅުވީ އެމީހާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވާން އަދި ނޭނގޭ ކަމަށެވެ. އޭނާ ފެނުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީ ބައްޔަކަށް ފަރުވާ ކުރަމުންދިޔަ މީހަކަށް ވާތީ ކަމަށެވެ.
މިއުވާން ވިދާޅުވީ އެމީހާ އާއި އޭނާގެ އާއިލާ އާއި މިހާރު ބައްދަލުވެފައިވާ ކަމަށެވެ. އަދި އިބްރާހިމް ގެއްލެން ދިމާވި ސަބަބާއި އާއިލާއަށް ބޭނުންވާ އެހީތެރިކަން ލަންކާގައި ހުންނަ ދިވެހި އެމްބަސީން ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް