12 އަހަރުގެ ކުއްޖާއަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތު ކުރާ މަންމަގެ ލޯބިވެރިޔާ ހައްޔަރުކޮށްފި

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ މީހަަކު ހައްޔަރުކޮށްފި އެވެ. ފުލުހުން އިއްޔެ ބުނީ މި މައްސަލަ ހުށަހެޅީ މާލެ ސަރަހައްދުން ކަމަށެވެ. އެ މައްސަލަތަ ތަހުގީގު ކުރަމުނ...

11 May 2022 | 14:49

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ މީހަަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނީ މި މައްސަލަ ހުށަހެޅީ މާލެ ސަރަހައްދުން ކަމަށެވެ. އެ މައްސަލަތަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ 18 އަހަރު ނުފުރޭ ކުއްޖަކާ ގަދަކަމުން ޖިންސީ އަމަލު ހިންގުމާއި އެ ފިރިހެން މީހާގެ ފޯނުން އެ ކުއްޖާއަށް ބަރަހަނާ ފޮޓޯ/ ވީޑިއޯ ދެއްކި ކަމުގެ ތުހުމަތެވެ.

އޭނާ ހައްޔަރު ކުރުމަށް ކޯޓުން އަމުރު ދިނީ ހެކިބަސް ދޭ މީހުންނަށް ނުފޫޒު ފޯރުވާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެވެ. އަދި އޭނާގެ ފުށުން އެފަދަ ކަމެއް ތަކުރާރު ވެދާނެތީ އެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ އެ ކުއްޖާއަށް ޖިންސޯ ގޯނާ ކުރީ އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ކަމަށެވެ. އެ ފިރިހެން މީހާ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރާތާ ދެ އަހަރު ވެފައިވާ ކަމަށްވެ އެވެ.

މިހާ ދުވަހު އެކަން ސިއްރުވެފައި އޮތީ ކުއްޖާއަށް ފިރިހެން މީހާ ބިރު ދައްކާފައި އޮތުމުން ކަމަށް އާއިލާއިން ބުނެފައިވެ އެވެ. މިކަން ފަޅާ އެރީ އެ ކުއްޖާ އާއިލާގެ އެހެން ކުއްޖެއްގެ ކައިރީ އެވާހަކަ ދެއްކުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް