މާލެ ސަރަހައްދުގައި އެއް އާއިލާއެއްގެ ހަ ކުއްޖަަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ބަންދުގެ މުއްދަތު ކޯޓުން ދީފިއެވެ.
އެކަން މިއަދު ފުލުހުން ހާމަކޮށްފައިވާއިރު މާރިޗް މަހު އެ މައްސަލަ ފުލުހަށް ހުށަހެޅުމުން އޭނާ ފުރަތަމަ ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައެވެ.
އޭނާ ދޫކޮށްލުމުން، ޖިންސީ ގޯނާ ލިބުނު ކުދިން ނިސްބަތްވާ އާއިލާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނޫސްތަކާ މައުލޫމާތު ހިއްސާކޮށްފައެވެ. އެ އާއިލާއިން ސިފަކޮށްފައިވާގޮތުގައި ދޫކޮށްލީ "ރަންނަމާރި" އެކެވެ. އޭނާ އަތުގައި އެ ކުދިންގެ ފޮޓޯއާއި ވީޑިއޯހުރި ޕެންޑްރައިވެއް އޮތްކަމާއި ތަހުގީގުގައި އެ ޕެންޑްރައިވް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަަކަމަށްވެސް އެ އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އުމުރުން 55 އަހަރުގެ އެމީހާ ދޫކޮށްލުމުން އާންމުންވެސް ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން އިއްޔެ އަލުން އޭނާ ހައްޔަރުކޮށްފައިވަނީ އިތުރު ކޯޓު އަމުރެއް ހޯދައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް