ކުޑަކުއްޖަކާއި ބެހުމުގެ ތުހުމަތުގައި ހޯދަން އިއުލާނު ކުރި މީހަ ކޮލަމާފުށިން ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ތުހުމަތު ކުރެވިގެން ހޯދަން އިއުލާނު ކުރި މީހާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގަ ފުލުހުން ހޯދަން މިއަދު އިއުލާނު ކުރީ ކ. މާލޭ،...

11 May 2022 | 11:54

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ތުހުމަތު ކުރެވިގެން ހޯދަން އިއުލާނު ކުރި މީހާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގަ ފުލުހުން ހޯދަން މިއަދު އިއުލާނު ކުރީ ކ. މާލޭ، ގ. ތަބުރުގެ އުމުރުން 41 އަހަރުގެ މުހައްމަދު ބަޝީރެވެ.

އޭނާ ހޯދަން ފުލުހުން އިއުލާޏު ކުރީ އެ މައްސަލައިގަ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރު ކުރަން ވެގެންނެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރޔ ކުރީ ގއ. ކޮލަމާފުށިން މިއަދު މެންދުރު ފަހު3:33 އެހާއިރުު ކަމަށެވެ.

މިހާރު ފުލުހުން މަސައްކަތް ކުރަމުން ދަނީ ހުކުމް ތަންފީޒު ކުރަން އޭނާ ކަރެންޝަންސް އާއި ހަވާލު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް