އިސްރާއީލް ސިފައިން ފަލަސްތީނުގެ ގާޒާގައި ބަޑިޖައި އަލްޖަޒީރާގެ ނޫސްވެރިޔާ ޝެރީން އަބޫ އަލްގާ މަރާލައިފި އެވެ.
އުމުރުން51 އަހަރުގެ ޝެރީން އަކީ އަލްޖަޒީރާގެ ނޫސްވެރިއެއްގެ ގޮތުގައި ފަލަސްތީންގުގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ. އަލްޖަޒީރާ ނޫސް އެޖެންސީން ބުނީ ބުނީ އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާގައި ޝެރީން މަރުވެ ޝެރީންގެ ޕްރޮޑިއުސަރުގެ ގަޔަށް ވަޒަނެއް އަރައި ޒަހަމްވެފައިވާ ކަމަށެވެ.
ހަހަމްވި ޕްރޮޑިއުސަރު އަލީ ސަމޯދީ ބުނީ އެ ހަމަލާ ދިނީ އިސްރާއީލް ސިފައިން ގާޒާގައި ކުރިޔަށް ގެންދިޔަ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކަވަރު ކުރަން އުޅުމުން ކަމަށެވެ. އެމީހުންގެ އޮޕަރޭޝަން ވީޑިއޯ ކުރަން ފެށުމުގެ ކުރިން ޝެރީން އެކަން ކުރާކަން އެތަނުގައި ތިބި އިސްރާއީލް ސިފައިންގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ބުންޏެވެ.
ސަމޯދީ ބުނީ ޝެރީން އެހެން ބުނުމާއި އެކު އިންޒާރު ދިނުމެއް ނެތި އެ ދެ މީހުންގެ ގަޔަށް ބަޑި ޖެހީ ކަމަށެވެ.
މި މައްސަލައިގަ އިސްރާއީލް ސަރުކާރުން ބުނީ ބެލެވޭ ގޮތުގައި ޝެރީން ގަޔަށް ބަޑި ޖެހީ ފަލަސްތީނު މީހުންނެވެ. އެކަމަކު އެކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.
ފަލަސްތީނު ސަރުކާރުން ބުނީ ޝެރީންގެ މަރުގެ ޒިންމާ އިސްރާއީލުން ފުރިހަމައަށް އުފުލަން ޖެހޭނެ ކަމަށެވެ.
ޝެރީންގެ ޖަނާޒާ މިއަދު ގާޒާގައި ބާއްވާފައިވާއިރު އެ ތަނުގައި ހަރަކާތްތެރިވާ ބައިނަލް އަގުވާމީ ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް