މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު، "އިންޑިއާ އައުޓް" ޖަހާފައިވާ ގަނޑެއް ހިފައިގެން އިންނަ ފޮޓޯއެއް އާންމުކޮށފި އެވެ.
މި ފޮޓޯ އާންމު ކުރެއްވީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރު ޒަމީހުރ އިންޑިއާ އައުޓް ހަރަކާތައް ތާއީދު ކުރައްވާފައިވާ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅު ނުވެ އާންމު ކޮށްފައިވަނީ އެ ފޮޓޯ އެވެ.
މިކަމާއި ގުޅޭގޮތުން ޒަމީރު އެއްޗެއް ހާމަ ކުރައްވާފައެއް ނުވެ އެވެ.
އެކަމަކު މީގެ ކުރިން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ މާލޭ ސިޓީ ކައުންސިލަުން ސޮއި ކުރި ޕެޓިޝަނެއްގައި އޭނާ ސޮއި ކުރެއްވި އެވެ. ފަހުން އެ ސޮއި ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކޯފާވެ ވާހަކަފުޅު ދެއްކެވުމުންނެވެ.
https://twitter.com/IbrahimShujaau/status/1524297936469098496
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް