ދީނަށް ފުރައްސާރަ ކުރި ކަމަށް ރުސްތުމް ކޯޓުގައި އެއްބަސްވެއްޖެ

އިސްލާމް ދީނަށާއި ކިރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް މުހައްމަދު ރުސްތުން މުޖުތަބާ އެއްބަސް ވެއްޖެ އެވެ. ގދ. ތިނަދޫއަށް ނިސްބަތްވާ ރުސްތުމް މި މައްސަލައިގަ އެންމެ ފަހުން ހައްޔަރު ކުރީ 2020 ވަނަ އ...

11 May 2022 | 09:50

އިސްލާމް ދީނަށާއި ކިރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް މުހައްމަދު ރުސްތުން މުޖުތަބާ އެއްބަސް ވެއްޖެ އެވެ.

ގދ. ތިނަދޫއަށް ނިސްބަތްވާ ރުސްތުމް މި މައްސަލައިގަ އެންމެ ފަހުން ހައްޔަރު ކުރީ 2020 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރޭގައި ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ހިމެނެ އެވެ.

މީގެ ތެރެއިން ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ދައުވާ އުފުލީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށް ފޭސްބުކާއި ޓްވިޓާގައި މާތްﷲ އާއި އިސްލާމް ދީނާއި ރަސޫލާއަށް ހަޑި ހުތުރު ބަސްތައް ރައްދުކޮށްފައިވާތީ އެވެ. އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލީ ރުސްތުމްގެ ކޮޓަރިން ފެނުނު އޭނާގެ ހާޑް ޑިސްކެއްގައި، އޮރިޔާން މަންޒަރު ފެންނަ ފޮޓޯ ހުރި މައްސަލައިގަ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ރުސްތުމް ބުނީ އިސްލާމް ދީނަށް ފުރައްސާރަ ކުރި ދައުވާއަށް އޭނާ އިއުތިރާފުވަނީ އެއްވެސް މީހެއްގެ މަޖުބޫރު ކަމެއް ނެތި ކަމަށެވެ. ރުސްތުމް ބުނީ މީގެ ކުރިން މި މައްސަލައިގަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުންވެސް އެއްބަސްވެފައިވާނެ ކަމަށެވެ.

މި މައްސަލައިގަ އޭނާ ކުށަށް އިއުތިރާފުވުމުން އަންނާނީ ފަސް މަހުގެ ޖަލު ހުކުމެކެވެ. ރުސްތުމް ކޯޓުގައި ބުނީ އެ މުއްދަތު ހަމަވާވަރަށް އޭނާ ފުލުހުންގެ ބަންދުގައި ހުރެފައިވާނެ ކަމަށެވެ.

އެކަމަކު ދައުލަތުން ބުނީ ރެކޯޑުތަކުން ދައްކާގޮތުގައި ރުސްތުމް ބަންދުގައި ހޭދަކޮށްފައިވަނީ 29 ދުވަސް ކަމަށެވެ. އެކަން އިތުރަށް ސާފު ކުރުމަށް ގާޒީ އަންގާފައިވެ އެވެ.

މި މައްސަލައިގަ ރުސްތުމްގެ ދިފާއީ ވަކީލަކު ނެތެވެ. އޭނާ ބުނީ މައްސަލައިގެ ބާވަތުން އޭނާއަށް ވަކީލުކަން ކޮށްދޭނެ މީހަކު ނުވާ ކަމަށެވެ.

މި މައްސަލައިގަ ދެން އަޑު އެހުމެއް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް