ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަން ހަ މަސް ފަހުން ވަނަވަރު ހާމަކޮށްފި

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް ހޯދުމުގެ މަސ...

11 May 2022 | 09:37

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަމުން އަންނަނީ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) އެވެ. މި މީހާ ހޯދަން ފުލުހުން ވަނަވަރު ހާމަކޮށްފައިމިވަނީ އަލުން ހައްޔަރުކުރަން އަމުރު ނެރުނުތާ ގާތްގަނޑަކަށް ހަ މަސް ފަހުންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ  19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 2021 މެއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވެސް ވަނީ މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް ދަޢުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުންވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. އަދި މުޙައްމަދު ބިޝާރު އިސްމާޢީލް ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައެވެ.

ހައިކޯޓުގެ އެހުކުމާ ގުޅިގެން މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައިނުވާކަމަށާއި އެހެންކަމުން މުޙައްމަދު ބިޝާރު އިސްމާޢީލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް