ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުގެ ކުރިއަށް ހުރި ވަގުތުތަކުގައިސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ވަނީ މޫސޫން ގޯސްވާނެތީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. ރެއިން ފެށިގެން ނެރެފައިވާ އެލާޓުގެ މުއްދަތު މިއަދު 11:00 ގައި ވަނީ ހަވީރު 5:00 އާއި ހަމައަށް އިތުރުކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ހުރިހާ އަތޮޅަކަށްވެސް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ބުނެ އެވެ.
ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
ހާއްސަކޮށް ކަނޑު ދަތުރު ކުރާއިރު މޫސުމުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރަށް ފެށުމަށް އަންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް