އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ސޮއި ކުރި މެމްބަރުން މިއަދު އޭނާއަށް ތާއީދު ކުރުމަކީ އޮޅުވާލުމެއް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވެފައި މިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރި ގަދަ ވަގުތެއްގައި އެވެ. ޗެއާޕާސަން އިންތިހާބުގައި އާޒިމް ތާއީދު ކުރައްވަނީ އެ މަގާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށެވެ.
އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައްޔާޒުގެ އިތުބާރުނެތް ކަމަށް ބުނެ އެމްޑީޕީގެ33 މެމްބަރަކު ކުރި ސޮއި އޭނާ އަތުގައި އެބައޮތް ކަމަށެވެ. އެއީ މަޖިލީހަށް ހުށަހެޅުމަށް އެ މެމްބަރުން ކުރެއްވި ސޮއެއް ކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ފައްޔާޒަށް އެމްޑީޕީ ހިންގާލެވެލޭނެ ކަމަށް މިއަދު ބުނަމުންދަނީ އެމެންބަރުން ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
https://twitter.com/aliaazim/status/1524248142681571328
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް