"ސިމްބާ" ގެ ދެ ވަނަ ފިލްމެއް ހަދަނީ!

ބޮލީވުޑް ފިލްމު "ސިމްބާ" ގެ ދެ ވަނަ ބައެއް ހަދަން ނިންމާފައިވާ ކަން ހާމަކޮށްފި އެވެ. 2018 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ސިމްބާ" ގެ ލީޑް ރޯލުން ފެނިގެން ދިޔައީ ރަންވީރު ސިންގާއި ސާރާ އަލީ ހާ...

11 May 2022 | 04:45

ބޮލީވުޑް ފިލްމު "ސިމްބާ" ގެ ދެ ވަނަ ބައެއް ހަދަން ނިންމާފައިވާ ކަން ހާމަކޮށްފި އެވެ.

2018 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ސިމްބާ" ގެ ލީޑް ރޯލުން ފެނިގެން ދިޔައީ ރަންވީރު ސިންގާއި ސާރާ އަލީ ހާން އެވެ. މި ފިލްމުގެ ދެ ވަނަ ބައި ހަދަން ނިންމާފައިވާކަން ކަށަވަރު ކޮށްދިނީ ރަންވީރެވެ.

އޭނާ މީޑިއާގައި ބުނީ "ސިމްބާ" އަކީ ދެ ވަނަ ބައެއް ހެދޭ ގޮތަށް އުފެއްދި ފިލްމެއް ކަމަށެވެ. އަދި އޭގެ ދެ ވަނަ ބައި ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ.

ދެ ވަނަ ފިލްމުގެ ލީޑް ރޯލު އޭނާއަށް ލިބޭނެ ކަން އަދި ނޭެނގުނު ނަމަވެސް ކޮންމެ ވަގުތެއްގައިވެސް "ސިމްބާ"2 ކުޅެން އޭނާއަށް ރޯތިހު ފުރުސަތު ދީފި ނަމަ ހުންނާނީ ތައްޔާރަށް ކަމަށް ރަންވީރު ބުންޏެވެ. ރަންވީރު ބުނީ "ސިމްބާ" ގައި އޭނާއަށް ލިބުނީ އެންމެ ބޭނުންވި ކަހަލަ ކެރެކްޓާއެއް ކަމަށާއި އެ އެ ފިލްމަކީ މިހާތަނަށް އޭނާއަށް އެންމެ ރަނގަޅަށް އަމިއްލަ ހުނަރު ދައްކާލެވުނު އެއް ފިލްމު ކަމަށެވެ.

ފިލްމު "ސިމްބާ" އިން ފެނިގެން ދަނީ ކޮރަޕްޓު ފުލުހެއް މަސްތުވާތަކެތީގެ ވިޔަފާރިކޮށް ގޭންގު ހިންގާ ބަޔަކަށް ވާގިވެރިވާތަނެވެ. އެ ފުލުސް މީހާގެ ދިރިއުޅުން ބަދަލު ކޮށްލަނީ އެ ގޭންގުން ރޭޕް ކުރާ އަންހެނެއްގެ ސަބަބުންނެވެ.

މި ފިލްމަކީ ޓެލެގޫ ފިލްމެއްގެ ރިމޭކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް