ބޮލީވުޑްގެ ބަތަލާ ކްރިތީ ސަނޯން ޖިމަށް ނުގޮސް ބަރުދަން ލުއިކޮށްލި ގޮތުގެ ސިއްރު ހާމަކޮށްފިއެވެ.
އެކި ފިލުމުތަކުގެ ރޯލްތަކަށް ބޭނުންވާ ގޮތަށް ހަށިގަނޑު ބައްޓަންކުރުމަށް ކުޅަދާނަ ކްރިތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު މީމީއިން ބަނޑުބޮޑު އަންހެނެއްގެ ރޯލުންނެވެ. ސަރޮގޭޓް މަންމައެއްގެ މި ރޯލު ކުޅުމަށް ކިރްތީ ވަނީ 15 ކިލޯ ބަރުވެފައެވެ. ފިލްމު ޝޫޓިންތައް ނިންމާލުމަށްފަހު ކްރިތީ ވަނީ އަލުން ކުރީގެ ބަރުދަނާ އެއްވަރަށް ލުއިކޮށްލާފައެވެ.
ޖިމަށް ނުގޮސް ބަރުދަން ލުއިކުރި ސިއްރު ހާމަކުރަމުން އޭނާ ބުނެފައިވަނީ އެކަން ކޮށްފައިވަނީ ގޭގައި ކަސްރަތުކޮށް އޮންލައިން ޓްރެއިނަރުންގެ އެހީގައި ކަމަށެވެ. މީމީގެ ޝޫޓިން ނިމުނުއިރަކީ ލޮކްޑައުން ދުވަސްވަރުކަމުން ބަރުދަން ލުއިކުރީ ގޭގައި ހުރެގެންކަމަށް ކްރިތީ ބުނެފައިވެއެވެ. 15 ކިލޯ އިތުރަށް ބަރުވުމުން ފިޓުނޫންކަން އިހްސާސްވިކަމަށާއި އޭރު ފިޓްނަސްގެ މުހިއްމުކަން އެނގުނުކަމަށް އޭނާ ބުނެފައިވެއެވެ. ފިލުމަށް 15 ކިލޯ ބަރުވުމަށްޓަކައި ކިރްތީވަނީ ޗިޕްސް، ޗޮކްލެޓް އަދި މިލްކް ޝޭކް ވަރަށް ގިނައިން ބޭނުންކޮށްއިކަމަށް އޭނާ ބުނެފައިވެއެވެ.
މިހާރު ކްރިތީގެ ފިލްމީ މަސައްކަތް ތަކުގެ ތެރޭގައި ޓައިގަރ ޝްރޮފާއެކު ކުޅޭ ގަންޕާތުގެ އެންމެ ފަހުގެ ޝޫޓިންތަކުގެ މަސައްކަތުގެ އިތުރުން ދެން ކްރިތީ ފެނިގެންދާނީ އާދިޕުރުސް ފިލްމާއި، ވަރުން ދަވަންއާއިއެކު ފިލްމު ބޭދިޔާ އަދި ކާތިކް އާޔަން އާއިއެކު ކުޅޭ ޝެހެޒާދާ ފިލުމުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް