މޫސުން: ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވއިރު މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހ...

11 May 2022 | 04:08

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވއިރު މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ އެ އިދާރާއިން މިރެއާއި ހަމައަށް ހާމަކޮށްފައިވާ މޫސުމީ ބުލެޓިންގައެވެ.

އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް ބުނެފައިވާއިރު ހުޅަނގާއި ހުޅަނގު އުތުރުން، މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަަމަށް ލަފާކޮށްފައިވެއެވެ.

ރާޅުގެ އުސްމިން ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ހުންނާނީ ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގައި ކަމަށާއި އުތުރުގެ އަތޮޅުތަކުގައި ހުންނާނީ ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށް ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުުމަށް ސަމާލުވުމަށް ދަންނަވާކަމުގައިވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް