ޔުމްނާ ރައީސް ޔާމީނަށް: ކުރީގައި ޖަލަށް ލެވުނުވަރު މަދީތޯ ؟

ޖަލުތައް ބޮޑުކުރަން ވިސްނުންފުޅު ރައީސް ޔާމީން މިހާރުއްސުރެ ގެންގުޅުއްވަނީ ކުރީގައި ޖަލަށް ލެވުނުވަރު މަދުކަމުންތޯ މިހާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ. ޔުމްނާ މި ސުވ...

11 May 2022 | 03:52

ޖަލުތައް ބޮޑުކުރަން ވިސްނުންފުޅު ރައީސް ޔާމީން މިހާރުއްސުރެ ގެންގުޅުއްވަނީ ކުރީގައި ޖަލަށް ލެވުނުވަރު މަދުކަމުންތޯ މިހާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

ޔުމްނާ މި ސުވާލު ޓްވިޓާގައި އުފައްދަވާފައިވަނީ ވިލިމާލޭގައި އިއްޔެ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯކޮޅަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.

"ޖަލުތައް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށް ލާނީ ދެއްތޯ؟ ކުރީގައި ޖަލަށް ލެވުނުވަރު މަދީ ދެއްތޯ؟" ޔުމްނާ ސުވާލު އުފައްދަވާފައިވެއެވެ.

މި ސުވާލާއެކު ޔުމްނާ ޓްވީޓްކުރެއްވި ވީޑިއޯކޮޅުގައި ރައީސް ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް ނުސީދާކޮށް އިންޒާރު ދެއްވައެވެ.

"ޖަލުތައް ބޮޑުކުރަން ޖެހޭ ސަބަބު މީ، ރާއްޖޭގަ އުފެދޭ މިފަދަ ހުރިހާ ކަމަކުން ސާފުތާހިރުކޮށް ތޯހިރުކޮށްލަން އެބަޖެހޭ، ހަމަ ބޮޑުތަނުން ޕާޖްކޮށްލަން އެބަޖެހޭ" ރައީސް ޔާމީން އިއްޔެ ވިދާޅުވިއެވެެ.

ނުސީދާގޮތެއްގަޔާއި ސީދާކޮށް އިއްޔެގެ ވާހަކަފުޅުގައި އެތައް ބަޔަކު ޖަލަށް ލާނެކަމުގެ އިންޒާރު ރައީސް ޔާމީން އިއްޔެ ދެއްވާފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅުވާ ނުވަތަ ހިތްޕުޅާ ނުވާ ސިޔާސީ ހުރިހާ ލީޑަރުންހެން ޖަލަށް ލާފައިވެއެވެ.

https://twitter.com/yumna_maumoon/status/1524112199827877888?s=21

އޭގެ ތެރޭގައި އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫނާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމްވެސް ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ އިދިކޮޅު ލީޑަރުންނާއި ހުދު އަމިއްލަ ސަރުކާރަށް ނިސްބަތްވާ ގިނަ ބަޔަކުވެސް ޖަލަށް ލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް