ސައޫދީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މެސީ

ސައޫދީ އަރަބިއްޔާގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެމްބެސެޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކުޅުންތެރިޔާ ލަޔަނަލް މެސީ ހަމަޖައްސަައިފިއެވެ. މިކަން އިއްޔެ އިއުލާނުކުރެއްވީ ސައޫދީ ޓުއަރިޒަމް މިނިސްޓަރު އަހް...

11 May 2022 | 03:32

ސައޫދީ އަރަބިއްޔާގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެމްބެސެޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކުޅުންތެރިޔާ ލަޔަނަލް މެސީ ހަމަޖައްސަައިފިއެވެ.

މިކަން އިއްޔެ އިއުލާނުކުރެއްވީ ސައޫދީ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަލް-ޚަތީބެވެ.

މެސީއާއި އޭނާގެ ރަހުމަތްތެރިން ހިމެނޭހެން ޓީމެއް އިއްޔެ ސައޫދީއަށް ގޮސްފައިވާއިރު މެސީއާއި އޭނާގެ ޓީމަށް ޖިއްދާއިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ސައޫދީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެމްބެސެޑަރަކަށް މެސީ ހަމަޖެއްސިކަން އިއުލާނުކޮށްފައިވާއިރު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މި އަހަރު މިފަދަ ތަފާތު އެތައް ކަމެއް ކުރާނެކަމަށް ސައޫދީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް