ގާފަރު ކޮވިޑު އަދަދު ހަތަރަކަށް

ކ.ގާފަރުން ކޯވިޑް-19އަށް ފައްސިވި މީހުންގެ އަދަދު އިތުރުވެ، ޖުމުލަ އަދަދު ހަތަރަކަށް އަރައިފިއެވެ. އެ ރަަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އިންޑިޔާއަށް ނިސްބަތްވާ ދެ ފަތުރުވެރިންނެވެ. ގާފަރުން އެ...

11 May 2021 | 17:15

ކ.ގާފަރުން ކޯވިޑް-19އަށް ފައްސިވި މީހުންގެ އަދަދު އިތުރުވެ، ޖުމުލަ އަދަދު ހަތަރަކަށް އަރައިފިއެވެ.

އެ ރަަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އިންޑިޔާއަށް ނިސްބަތްވާ ދެ ފަތުރުވެރިންނެވެ. ގާފަރުން އެންމެ ފުރަތަމަ ފަތުރުވެރިއަކު ފައްސިވީ 5 މެއި 2021 ގައެވެ. އަދި 5 މެއި 2021ގައި ޕޮޒިޓިވް ކޭސް އާއި ގުޅުން ހުރި މީހަކު 7 މޭގައި ވަނީ ފައްސިވެފައެވެ.

ގާފަރު ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ހާޝިމް ވިދާޅުވީ، ފުރަތަމަ ފައްސިވީ އެ ރަށަށް ދިޔަ އިންޑިޔާގެ 6 ފަތުރުވެރިންގެ ގުރޫޕެއްގައި ހިމެނޭ 2 މީހެއް ކަމަށާއި އެ އެންމެން ވެސް ވަނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.

އޭނާ ވިދާޅުވީ، ފައްސި ވި މީހުން ރަށު ތެރޭގައި އުޅުނު ކަމަށާއި ރަށުގެ އެކިއެކި ތަންތަނުން ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ފައްސިވި މީހާއާ ބައްދަލުވެފައިވާ މީހުންނާއި އެ މީހުންނާ ގުޅުންހުރި 40 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ތެރޭން ނަތީޖާ ލިބިފައި ވަނީ 4 މީހެއްގެ ކަމަށާއި އޭގެ ތެރޭން އެކަކު ފިޔަވައި އެހެން އެންމެންގެ ނަތީޖާ ނައްސި ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.

މި ދެކޭސް އިތުރުން މިއަދު ވެސް ވަނީ އިތުރު ދެކޭސް އެއް އިއުލާނުކޮށްފައެވެ. ގާފަރު ސިއްހީ މަރުކަޒުން ކުރި އުލާނެއްގައި ބުނެފައިވަނީ 9 މެއިގައި ނެގި ދެ ސާމްޕަލެއްގެ ނަތީޖާ ފައްސިވެފައިވާ ކަމަށެވެ. މި ދެމީހުންނަކީ ކަރަންޓީންގައި ތިބި ދެމީހުންނެވެ.

މި ކޭސްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ގާފަރު ސިއްހީ މަރުކަޒުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް