ރާއްޖޭގައި މިއަދުވެސް ރެކޯޑް އަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޖުމްލަ 1،501 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެ ސަރަހައްދުން 1،229 މީހުންނާއި އަތޮޅުތެރެއިން 265 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން ހަތް މީހެކެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި ލިސްޓުގައި ހިމަނާފައިވާ މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދަކީ 662 ކަމަށެވެ. އަނެއް ޕޮސިޓިވް ކޭސްތަކަކީ އޭގެ ކުރީގެ ތާރީހުތަކުގައި ނަގާފައިވާ ސާމްޕަލްތަކެއް ކަމަށެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 6،208 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 11،629 މީހުންނަށެވެ، އޭގެ ތެރެއިން 247 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 26،795 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 87 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިދް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 38،520 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް