ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަަށް 60 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ.
އަދި އެކަން ހިއްސާދާރުންގެ ސަމާލު ކަމަށް އެ ކުންފުނިން ވަނީ ގެނެސްފަ އެވެ.
އެސްޓީއޯއިން މިދިޔަ ދެތިން އަހަރު ފައިދާއިން ހިއްސާއަކަށް ދޫކުރާ ވަރު ވަރަށް ބޮޑަށް ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން މިދިޔަ ދެ ތިން އަހަރު ހިއްސާއަކަށް އެ ކުންފުނިން ވަނީ 50 ރުފިޔާއަށްވުރެ މަތީ އަދަދެއް ބަހާފަ އެވެ.
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމާފައިވާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ކޯވިޑް-19 ގެ ސަބަބުން އެ ކުންފުންޏަށް ދިޔައީ ގެއްލުމާއި ކުރިމަތިވަމުންނެވެ.
އެކަމަކު މިއަަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ 2.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް