މާދަމައަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ފިތުރު ޢީދުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމުގައި ނިންމައިފިއެވެ.
ޢީދުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިރޭ ޖަލްސާއެއް ބާއްވާފައިވާއިރު، އޮންލައިންކޮށް ބޭއް އެ ޖަލްސާގައި ހަނދާއި ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެނިފައިނުވާކަމަށެވެ.
މިއަހަރުގެ ފިތުރު ޢީދާއި އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައިމިވަނީ ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވަނިކޮށެވެ. ހާއްސަ ގޮތެއްގައި މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯހެވެ. ކޮވިޑު ފެތުރުން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއްވެސް މިހާރު ވަނީ އަޅާފައެވެ.
މި ބުރާސްފަތި ދުވަހަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަސްކަމުގައިވާއިރު، ދުވަހުގެ ކިޔުންތެރިންނަށާއި މުސްލިމް އަޚުންނާއި އުޚްތުންނަށް ޢީދުގެ ތަހުނިޔާއާއި މުބާރަކުބާދީ ފޮނުވަމެވެ. ޢީދު މުބާރިކު.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް