ޓެރަރިޒަމަށް ހިތްވަރުދޭ ސިވިލް ސާވަންޓުންނަށްނަށް ފިޔަވަޅުއަޅާނަން: ސީއެސްސީ

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު ..9އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ. ސީއެސްސީން މިއ...

11 May 2021 | 16:15

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު ..9އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި މުޖްތަމައުގައި އުޅޭ އުޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ފޮޓޯ އާއި ވީޑިއޯ އާންމުނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ އެއްވެސް ކަމެއް ކަމެއް ނުކުރަން އިލްތިމާސްކުރާ ކަމަށެވެ.

އެ އެންގުމާ ހިލާފުވާ މުވަައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އަޅާނެ ކަމަށް ސީއެސްސީން ބުނެ އެވެ.

ސީއެސްސީގެ އިތުރުން ފުލުހުންވެސް ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ހިންގާ އަމަލުތަކާއި ދައްކާ ވާހަކަތައް ބަލަން ނުތިބޭނެ ކަމަށް ބުނެފަ އެވެ.

އެ ކޮމިޝަނުން އެގޮތަށް ބުނިއިރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މަރައިލަންޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބުނި މައްސަލައެއްގައި ޓީޗަރަކު ދާދި ފަހުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާއެއް ދިނުންވެސް ސީއެްސީން ބަޔާން ނެރުމާއި ގުޅިފައިވާ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް