ހަތަރު ދުވަސް ފަހުން ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިންއަށް

ހދ ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކުޅުދުއްފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނ...

11 May 2021 | 14:13

ހދ ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކުޅުދުއްފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ކުޅުދުއްފުށި މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ދެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންން ބުނީ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މިއަދު ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ. އެމީހާގެ ކޮންޓްކެޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މިއީ މިމަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައި ދެ ވަނަ ފަހަރެވެ. އަދި މިއަދު މޮނިޓަރިންގެ ހާލަތަށް އަލުން ގެނެސްފައިވަނީ މޮނިޓަރިން އުވާލިތާ ހަތަރު ދުވަސް ފަހުންނެވެ.

މިމަހުގެ 2-8 އަށް ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުގައި އޮތީ ފްލޫ ކްލިނިކަށް ދެއްކި އެއް އާއިލާއެއްގެ ތިން މީހަކު ޕޮސިޓިވްވުމުންނެވެ. އެފަހަރު ސިޓީ 230 އަށްވުރެ ރެންޑަމް ސާމްޕަލް ނަގައި ޕޮސިޓިވްވީ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވި އެންމެ ޓެސްޓު ކުރިއިރު އެ ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވް ވެފަ އެވެ.

ކުޅުދުއްފުއްޓާއި އެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އަތޮޅު ތެރޭގެ 38 ރަށެއް އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް